Last Updated: April 1, 23:32
Tuesday, April 1, 2025
މުނިފޫހިފިލުވުން

"ޖީނިއަސް" ގެ ޓްރެއިލާ ދައްކާލައިފި

ޑައިރެކްޓަރު އަނިލް ޝަރްމާގެ ދަރިފުޅު އުތުކާޝް ޝަރްމާ ލީޑް ރޯލް ކުޅެފައިވާ ފުރަތަމަ ފިލްމް "ޖީނިއަސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އުތުކާޝް، 24، އަކީ ބައްޕަ އަނިލް 2001 ގައި ގެނެސް ދިން ފިލްމް "ގަދަރް: އޭކް ޕްރޭމް ޙަތާ" ގައި ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލްގެ ދަރިފުޅުގެ ރޯލް ކުޅުނު ކުއްޖާ އެވެ.

އޭނާ ލީޑް އެކްޓަރެއްގެ ގޮތުގައި ތައާރަފު ކުރާ އެކްޝަން ފިލްމް "ޖީނިއަސް" ގެ ބަތަލާއަކީ ވެސް އަލަށް ތައާރަފު ކުރާ އިޝިތާ ޗޯހަން އެވެ.

އަންނަ މަހުގެ 24 ގައި ރިލީޒް ކުރާ ފިލްމްގެ ކާސްޓުންގެ ތެރޭގައި މިތުން، އަޔެޝާ ޖުލްކާ އަދި ނަވާޒުއްދީން ސިއްދީގީ ހިމެނެ އެވެ.