Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

"ސްޓްރެސް ފިލުވަން" ފުލުހަކު ބަރަހަނާ ފޮޓޯތަކެއް ފޮނުވައިފި

"ސްޓްރެސް ފިލުވަން" ކަމަށް ބުނެ ފުލުހުންގެ ސްޓޭޝަން އިންސްޕެކްޓަރަކު އެހެން ފުލުހަކަށް ބަރަހަނާ ފޮޓޯތަކެއް ފޮނުވި މައްސަލަ ފުލުހުންގެ އިދާރާ އިން ބަލަން ފަށައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެން ފުލުހަކަށް އޮރިޔާން ފޮޓޯ ފޮނުވާފައި ވަނީ، ފުލުހުންގެ އެޗްއާރުގައި މަސައްކަތް ކުރާ ސްޓޭޝަން އިނިސްޕެކްޓަރެކެވެ.

އޭނާ ފޮނުވި ކަމަށް ބުނާ އޮރިޔާން ފޮޓޯތަކާއި ބަދުއަހުލާގީ މެސެޖުތަކެއް ހިމެނޭ ޗެޓް ލޮގުތައް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފައެވެ. އެ ޗެޓްލޮގްތަކުގައި ސްޓޭޝަން އިންސްޕެކްޓަރު ބުނެފައި ވަނީ އޮރިޔާން ފޮޓޯތަކެއް ފޮނުވީ "ސްޓްރެސް ފިލުވަން" ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ފަދަ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފުސީލެއް މީޑީޔާ އޮފިޝަލް ނުދެއްވައެވެ.