Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

"މާލެ ސަރަހައްދު ތޮއްޖެއްސުމަކިީ ޖަރީމާއެއް"

އިތުރު ތިން ލައްކައަށް ވުރެ ގިނަ މީހުން މާލެ ސަރަހައްދަށް ގެންނަން ނިންމާފައިވާކަން ރައީސް ޔާމީން ރޭ ހާމަކުރެއްވުމާއި ގުޅިގެން އެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ވިލިމާލެއަށް އިތުރު 315000 މީހުން ޖަމާކުރައްވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ޔާމީން ގެންގުޅުއްވާ "ޓޯޓަލް ސޮލިއުޝަން" ސިޔާސަތުގެ ތެރެއިންނެވެ. އެ ސިޔާސަތު ހާމަކުރެއްވީ ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ މި ވިސްނުންފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، 3 ލައްކަ މީހުން މާލެ ސަރަހައްދަށް ގެނައުމަކީ އިޤްތިސާދީ އަދި އިޖުތިމާއީ ބޮޑު ޖަރީމާއެއް ކަމަށެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އުފަންވި ރީތި ރަށްތަކުގައި އުފާވެރި ހަޔާތެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ބަދަލުގައި، ތިން ލައްކަ މީހުން މާލެ ސަރަހައްދަށް ގެނައުމަށް ނިކަމެތި ރައްޔިތުން "ދަރުވާލުމަކީ" ހެދޭ ބޮޑު ގޯހެއް ކަމަށެވެ.