Last Updated: May 6, 11:53
Tuesday, May 6, 2025
ޚަބަރު

ޝެއިޚް ޒައިދުގެ 3 ސުވާލެއް ސަރުކާރަށް

ޝެއިޚް އަލީ ޒައިދު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވަރުގަދަ ތިން ސުވާލެއް ރައީސް ޔާމީންގެ ސަރުކާރަށް ކުރިމަތި ކުރައްވައިފިއެވެ.

ޝެއިޚް ޒައިދް ކުރެއްވި ޓްވީޓެއްގައި އެންމެ ފުރަތަމަ ކުރެއްވީ ސިއްރުފެންފުށީގައި ބެހެއްޓި ބުދުތަކުގެ މައްސަލަ އާއި ބެހޭގޮތުންނެވެ. އެ ބުދުތައް ނަގައި ނިމުނުތޯ ޝެއިޚް ވަނީ ސުވާލު ކުރައްވާފައެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި މޫނު ބުރުގާ އަޅާ ކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ލިބޭނީ ކޮން ދުވަހަކުންތޯ ވެސް ޝެއިޚް ޒައިދް ވަނީ ސުވާލު ކުރައްވާފައެވެ.

ޝެއިޚް ޒައިދުގެ ތިން ވަނަ ސުވާލެއްގެ ގޮތުގައި ކުރައްވާފައި ވަނީ ރާއްޖޭގެ ސްކޫލުތަކުގައި ބައެއް ދީނީ ޢިލްމުވެރިންނަށް ދަރުސް ދިނުމަށް ހުރަސް އަޅަމުން ދާތީ އެކަން ހައްލުވާނެ ދުވަހެއް ސާފު ކުރުމަށެވެ.

އިލްމުވެރިންނަށް ސްކޫލުތަކުގައި ހަރަކާތްތައް ނުބޭއްވުމާއި ބެހޭގޮތުން ޝެއިޚް ޒައިދް އިތުރަށް ވިދާޅުވެފައި ވަނީ، އެއީ "ބުނި ބުންޏެއް ނޫން" ކަމަށާއި ކިތަންމެ ފަހަރަކު އެބޭފުޅާ އަމިއްލަ އަށް ވެސް އެފަދަ ދަތިތަކާއި ކުރިމަތި ލައްވާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ 3ކޮމެންޓް

Shiyam

މި ކާކު

ޗެސްޓް

Gamaarakah neyngeyne ilm verieh fenunas.

ގޮމަ

ކަލޭމެން އަންނިގެ ވެރިނަ ހަނދާނެއް ނެތަ؟ އަނެއްކާ އޭނަ އަރުވަން ތިއުޅެނީ؟ ލޮލް ހީ ހީ ހަލާކު