Last Updated: November 23, 09:08
Saturday, November 23, 2024
މުނިފޫހިފިލުވުން

"ގުޑް ނިއުސް" 2019 ގެ ޖުލައިގައި

ކަރީނާ ކަޕޫރާއި އަކްޝޭ ކުމާރްގެ ޖޯޑު އަނެއްކާ ވެސް އެކުގައި ބޮޑު ސްކްރީނަށް ގެނެސްދޭ ފިލްމް "ގުޑް ނިއުސް" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރް މިއަދު ކުރި ޓްވީޓެއްގައި ބުނީ ރާޖް މެހެތާ ޑައިރެކްޓް ކުރާ ފިލްމް ސިނަމާތަކަށް ގެންނާނީ ޖުލައި، 19، 2019 ގައި ކަމަށެވެ.

"ގުޑް ނިއުސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ކިއާރާ އަދްވާނީ އާއި ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ.

ކަރީނާ އާއި އަކްޝޭ އެންމެ ފަހުން އެކުގައި ކުޅުނީ 2015 ގެ "ގައްބަރް އިޒް ބެކް" އެވެ. އެ ދެ ތަރިން އެކުގައި ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ތަލާޝް، ތަޝަން، އެއިތުރާޒް، އަޖްނަބީ އަދި ކަމްބަކްތު އިޝްގް ހިމެނެ އެވެ.