Last Updated: November 24, 19:08
Sunday, November 24, 2024
ޚަބަރު

ގެސްޓްހައުސްއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެސްޓްހައުސް އެއް ތެރޭގައި އައްޑޫ ސިޓީ، ހިތަދޫ ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެސްޓްހައުސް އެއްގެ ތެރޭގައި މަރުވެފައި އޮތްވައި ފެނިފައިވަނީ، ސ.ހިތަދޫ ނަޝީދީމަންޒިލް އަލީ ޝިޔާޒް، 25 އެވެ.

ޝިޔާޒް އަކީ ޕެރަޑައިސް އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އޭނާ މާލެ އައީ ރިސޯޓުގައި ހުރެފައި އޮފް ދުވަހަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޝިޔާޒްގެ ހަށިގަނޑު މިވަގުތު އޮތީ އައިޖީއެމް ހޮސްޕިޓަލުގައެވެ. އޭނާ މަރުވެފައި ވަނީ ކިހިނެއް ކަމެއް އައިޖީއެމް ހޮސްޕިޓަލް އަދި ފުލުހުންގެ ބަހެއް ނުލިބޭތީ ވަނީ ސާފު ނުވެފައެވެ.

ޝިޔާޒްގެ އެކުވެރިން ބުނާ ގޮތުގައި އޭނާ އަށް ސިއްހީ އެއްވެސް މައްސަލައެއް ހުންނަކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ވަރަށް ފިޓްކޮށް ހުންނަ އެ ޒުވާނާއަކީ އަޚްލާޤް ރަނގަޅު ޒުވާނެއް ކަމަށް އެކުވެރިން ބުނެއެވެ.