ރައްޔިތުން ބޭނުން ވަނީ އަދަށް ވުރެ ވަކިން މާ ރަނގަޅޑު މާދަމާއެއް ލިބުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ އެމްޑިޕީގެ ސިޔާސަތު އިފްތތާޙް ކޮށްދެއްވުމަށް ގދ. ތިނަދޫއަށް ވަޑައިގަތުމަށްފަހު ގދ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައިޔިތުންނާއި ބައްދަލު ކުރެއްވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެން އެދެނީ ބޯހިޔާވަހި ކަމަކަށް. އަޅުގަނޑުމެން އެދެނީ ވަޒީފާގެ ފުރުޞަތަކަށް. އަޅުގަނޑުމެން އެދެނީ ދަރިންނަށް ތަޢުލީމް ދިނުމަށް. އަޅުގަނޑުމެން މި އެދެނީ އަޅުގަނޑުމެންގެ ހަލާލު މަސައްކަތުން ރިވެތި ގޮތުގައި ދިރިއުޅެވޭނެ ގޮތެއް ލިބުމަށް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރި ވުމަށް. މަސައްކަތުގެ ފުރުޞަތު އަޅުގަނޑުމެން އެންމެނަށް ވެސް ލިބުން." ނަޝީދު ވިދާޅުވި އެވެ.
ވާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ތަރީޚީ ގޮތުން ވާދޫއަށް އަލިއަޅުއްވާ ލައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވާދުއަކީ ރާއްޖޭގެ ޤަދީމީ ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށާއި ޝައިޙް މުޙައްމަދު ޖަމާލުއްދީން، ވާދޫ ދަންނަ ކަލޭފާނުގެ ރަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވީމާ 30 އަހަރު ޢިލްމު ލިބުމަށް ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އަނެއްކާވެސް ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ނޫރު ފާޅު ކުރައްވަން ފެއްޓެވި ބޭކަލަކީ ވާދޫ ދަންނަ ކަލޭފާނު ކަމަށް ވެސް ނަޝިދު ވިދާޅުވި އެވެ.