އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އިމާރާތަށް ބަޔަކު ވަގަށް ވަދެ ގެއްލުންތަކެއް ދީފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކައުންސިލް އިދާރާގެ ތެރެއަށް ބަޔަކު ވަދެ ވަނީ ބައެއް ފައިލްތަކާއި އެއްޗިހި ބިން މައްޗަށް އުކާލާފައެވެ.
ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި، ކައުންސިލް އިދާރާގެ ތެރެއަށް ބަޔަކު ވަދެފައިވަނީ، އިމާރާތުގެ ކުޑަދޮރަކުން ކަމަށް ބެލެވޭ ކަމަށެވެ.
"ގެއްލުނު އެއްޗެއް އަދި ސާފެއް ނުވޭ. ފައިލުތަކާއި ޑޮކިއުމެންޓްތައް އުކާލާފައި ހުރިކަން ފާހަގަކުރެވޭ. ފުލުހުން މިހާރު ދަނީ މައްސަލަ ބަލަމުން" އޮފިޝަލް ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓަނީ ހުންނަނީ އެންމެ މީހެކެވެ. މިހާދިސާ ހިނގި އިރު އެމީހާ ޑިއުޓީގައި ހުރިކަމަށް ވެއެވެ.
ކައުންސިލްގެ އިދާރާ ތެރެއަށް ބަޔަކު ވަދެ ގެއްލުންތަކެއް ދީފައިވާކަން އެނގުނީ މިއަދު މެންދުރު ފަހު އެ އިދާރާގައި ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކައުންސިލްގެ މުވައްޒަފުން ދިޔުމުންނެވެ.
ކައުންސިލް އިދާރާ ހިންގާ އިމާރާތުގައި މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ(މީރާ)ގެ އޮފީހެއް ވެސް ހުރެއެވެ. އެހެން ނަމަވެސް ކައުންސިލް އިދާރާއަށް ވަން މީހުން އެތަނަށް ގެއްލުން ދިން ކަމެއް އަދި ސާފެއް ނުވެއެވެ.
ކައުންސިލް އިދާރާއަށް ގެއްލުން ދިން މައްސަލަ ބަލަން ފުލުހުން މިހާރު ދަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.
ހިޔާލު ފާޅުކުރައްވާ 2ކޮމެންޓް
ހައުސިން މިނިސްޓްރީ ހުއްނަނީ ޖެހިގެންދޯ؟ ހުސްކުރަން އެންގީމަ ހުސްނުކުރޭދޯ؟
އިމާރާތުން ނުކުންނަން އެންގީމަ ނުނުކުތީމަ، ހިންދީ ފިލްމުގަ ވެސް ހަދާ ގޮތް ތީ ހަމަ. ދާދާ ފޯނު ކޯލަކުން ނިންމާނީ.