Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ޔާމީނަށް ކުރިމަތިލާކަށް ނުކެރޭނެ: އަބުޅޯ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހަރުކޮށްފައި ހުރި އިދިކޮޅު ކޯލިޝަނުގެ ޕޯސްޓަރުތަކަކަށް ޕީޕީއެމްގެ އެކްޓިވިސްޓުން ގެއްލުންދޭ މަންޒަރު ފެންނަ ފޮޓޯ އަކާއި އެކު ކުރެއްވި ޓްވީޓެއްގައި މެންބަރު އަބުޅޯ ވިދާޅުވީ، ފެނިގެންދަނީ ރައީސް ޔާމީން ބަލިވެއްޖެ ކަމުގެ ހެކި ކަމަށެވެ.

އަބުޅޯ މިހެން ވިދާޅުވެފައިވާ އިރު "ނުރައްކަލެއްގެ މައުލޫމާތު" ލިބިފައިވާ ކަމަށް ބުނެ ސިފައިންނާއި ފުލުހުން އެލާޓަށް ވަނީ ގެނެސްފައެވެ.

އަދި އެއާއި އެކު ގިނަ ބަޔަކު ދަނީ، ސިފައިންނާއި ފުލުހުންގެ އެ އަމަލަކީ އިންތިޚާބު ފަސްކުރުމަށް ދައްކާ އުޒުރެއްގެ ގޮތުގައި ސިފަކުރަމުންނެވެ.