ދިވެހިރާއްޖޭގެ ހަމަޖެހުން ނަގާލަން ބަޔަކު އުޅޭ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ ފޭސްބުކްގައި މިރޭ ކުރެއްވި އިއުލާނަކީ ރިޔާސީ އިންތިހާބަށް ހުރަސް އަޅަން ސަރުކާރުން ކުރާ މަސައްކަތެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކްގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ގައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް އެބަކުރާ" ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، އެއީ ބަލިވާނެކަން ޔަގީންވުމުން އިންތިހާބަށް ހުރަސް އަޅަން ކުރެވޭ ކަމެއް ކަމަށެވެ.
Ministry of Defence announces ”reports of a plot to create disturbances” and orders MNDF and Police on high alert. With no sign of genuine support, President Yameen resorts to intimidation, threats, bribery and now rumours of plots, in order to disrupt the election.
— Mohamed Nasheed (@MohamedNasheed) August 4, 2018
ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނަށް ތާއީދެއް ނެތްކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން އިދިކޮޅު ފަރާތްތަކަށް ދަތިތަކާ ތުރާތައް ކުރިމަތި ކުރުވާ، ބިރުދައްކާ ރިޝްވަތު ދެމުން ގެންދެވި ކަމަށެވެ. އަދި މިރޭ ޑިފެންސް މިނިސްޓަރު ހާމަކުރެއްވި ވާހަކަ އަކީ ވެސް އިންތިހާބަށް ހުރަސް އަޅަން ކުރާ ކަމެއް ކަމަށެވެ.