Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

"އުދުހުންތަކުގެ އަގުހެޔޮވުމަކީ ލިބޭނެ ވަރަށް ބޮޑު ލުޔެއް"

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ސަންގު އޭނާ ވިދާޅުވި ގޮތުގައި ވެރިރަށް މާލޭގައި ބޮޑު ކުލީގައި އުޅެމުންދާ އައްޑު އާއި އަތޮޅުތެރޭގެ އެހެން ރަށްރަސުގެ ރައްޔިތުން ވައިގެ މަގުން ރަށަށް ދާން ބޮޑު އަގުގައި ޓިކެޓް ނަގަން ދާން ޖެހުމަކީ ފަސޭހަކަމެއް ނޫނެވެ

އައްޑޫން ކަނޑުމަގުން މާލެ ދިއުމަށް ދެތިން ދުވަސް ހޭދަވާކަން ފާހަ ގަކުރައްވައި ނިޒާރު ވިދާޅުވީ، ދިވެހިންނަކީ ވަށައިގެން ކަނޑު އޮތަސް އެހާ ކަނޑަށް ފަރިތަ ބައެއް ނޫން ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އެހެންވެ ގިނަ ބަޔަކު ބަރޯސާވަނީ ވައިގެ މަގުން ދަތުރު ކުރާށެވެ

"އައްޑު އަށް މިވަގުތު ދެވެނީ ތިންހާސް ރުފިޔާ އަށް. ލަންކާ ޓިކެޓާ އެއްވަރުގެ އަގެއް އެ އުޅެނީ. އެ ހައްލު ހޯދައި ދިނުމަށް ރައްޔިތުން އެދޭ ކަމެއް." އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އަތޮޅު ތެރޭގައި އެއާޕޯޓްތައް ގިނަވުމަކީ ދަތުރުފަތުރުގެ އަގު ހެޔޮވާނެ ސަބަބެއް ނޫން ކަމަށެވެ.

"މި މާލޭގައި ބޮޑު ކުލި ދީގެން ޚަރަދު ބޮޑުކޮށް އުޅެފައި ރަށަށް ދާންވީމާ އެ ހާބޮޑު އަގުގައި ޓިކެޓް ނަގައިގެން ދިޔުމަކީ އެއްވެސް ރައްޔިތަކަށް ފަސޭހަ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު އަތްފޯރާ ފަށަށް ތިރިކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެ ވައުދަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑާޝިޕުގެ ވިސްނުމުގައި އޮންނަނީ ރާއްޖޭގެ ރައްޔިތުންނާ ވަރަށް ގާތް ވިސްނުން ކަމަށެވެ.

އެގޮތުން "ރަށު ބަންދުން ފިލުވުމުގެ" ސިޔާސަތަކީ ވެސް ކުރީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނެސް ދެއްވި، ސިޔާސަތެއް ކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، އެ ކޮންސެޕްޓް ވަރަށް ވެސް ކާމިޔާބު ކަމަށެވެ.

"އެމްޑީޕީގެ ލީޑާޝިޕުގެ ވިސްނުމުގައި އޮންނަނީ ރާއްޖޭގެ ރައްޔިތުންނާ ވަރަށް ގާތް ވިސްނުން. ފަޅުވާން ނުޖެހޭ ކަމުގެ ވިސްނުން." ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި މާލެ އިން އައްޑު އަށް މި ވަގުތު ދެވެނީ 3،000ރ. އަށް ޓިކެޓް ނަގައިގެން ކަމަށާއި އެއީ އަވަށްޓެރި ލަންކާ އަށް ދާން ނަގާ ޓިކެޓާ އެއްވަރުގެ އަގެއް ކަމަށެވެ.