Last Updated: November 24, 12:53
Sunday, November 24, 2024
ޚަބަރު

ޕީޕީއެމާއި އެމްޑީއޭއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް!

އެމްޑީއޭގެ ލީޑަރ ސިޔާމް. ފޮޓޯ: ރާއްޖެ އެމްވީ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް(އެމްޑީއޭ) އާއި ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އެކު ހަދާފައިވާ ކޯލިޝަނުގެ އެއްބަސްވުން އާކުރުމަށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ދެ ޕާޓީގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިއްޖެއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ވިދާޅުވި ގޮތުގައި، ޕީޕީއެމް އާއި އެކު ކޯލިޝަން އެގްރީމަންޓް އާކުރަން ހުށަހެޅިއިރު "މާ ބޮޑެތި ކަންތަކަށް" އެމްޑީއޭގެ ފަރާތުން ޑިމާންޑް ކުރަމުން ގެންދާކަމަށް ޕީޕީއެމްގެ ކައުންސިލުން ގަބޫލުކުރާ ކަމަށެވެ.

ކައުންސިލް މެންބަރު ވިދާޅުވި ގޮތުގައި، ޕީޕީއެމް އަކީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށް ވެފައި، އެ ޕާޓީއަށް އެމްޑީއޭ އިން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ.

"އެމްޑީއޭ އަކީ ކޯލިޝަނުގެ މުހިއްމު ބައިވެރިއެއް. އެހެން ނަމަވެސް މާނަ އަކީ، ޕީޕީއެމް އަށް ނުކޮށްދެވޭނެ ކަންތަކަށް. ސެކްރިފައިޒް ނުކުރެވޭނެ ކަންތަކަށް ޑިމާންޑް ކުރުމެއް ނޫން." ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަން އެގްރީމެންޓް އުވާލަން ނިންމާފައިވާ ކަމަށް ސޯޝަލްމީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އެކަމާއި ބެހޭގޮތުން ކައުންސިލް މެންބަރު ވިދާޅުވީ، އެކަމަށް ގޮތެއް ނިންމާނީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން ކަމަށެވެ.

ޕީޕީއެމް އެމްޑީއޭ ކޯލިޝަން ރޫޅާލައިފި އެމްޑީއޭ އަށް ނިސްބަތްވާ ފަސް މަޖިލިސް މެމްބަރުން އިދިކޮޅު ކޯލިޝަނާއި ގުޅުމުގެ ފުރުސަތު ބޮޑެވެ.

ރިޔާސީ އިންތިޚާބަށް 50 ދުވަހަށް ވެފައިވާއިރު، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުން އެމްޑީއޭގެ މެންބަރުން ފެންނަމުން ނުދާކަން ފާހަގަކުރެވެއެވެ.