Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

"ލިޓަސް" ގެ ބިއްލޫރި "ތަޅާލި މީހާ" ހައްޔަރުކޮށްފި

ރޭ ދަންވަރުގެ ވަގުތެއްގައި ހިތަދޫގައި ހުންނަ "ލިޓަސް" ގެ ފިހާރައިގެ ބިއްލޫރި ތަޅާލި މައްސަލާގައި މީހަކު ހައްޔަރުުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރީ 23 އަހަރުގެ ފިރިހެނެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިތަދޫ ލިންކް ރޯޑްގައި ހުންނަ ލިޓަސް ފިހާރައިގެ ބިއްލޫރި ރޭ ތަޅާލީ ދަންވަރު 12:30 އެހާކަށްހާ އިރު ޕޭވްމަންޓް ގަލެއް އެއްލައިގެންނެވެ.

މި ހާދިސާގައި ބިއްލޫރު ތަޅައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ފިހާރަ އަށް ދީފައެއް ނުވެ އެވެ.