ޕްރިޔަންކާ ޗޯޕްޅާ ނުކުޅެ، ދޫކޮށްލި ފިލްމް "ބާރަތު" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް އިންޑިއާގައި ނިންމައިލުމަށް ފަހު މޯލްޓާ އަށް ދާން ކާސްޓާއި ކްރޫ ތައްޔާރުވެއްޖެ އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމްގެ ފުރަތަމަ ޝޫޓިން މުމްބާއީގައި ނިންމައިލުމަށް ފަހު، މޯލްޓާ އަށް ދާން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ކުރި ޓްވީޓެއްގައި ބުންޏެވެ.
"ބާރަތު" ގެ މަންޒަރުތަކެއް އަބޫ ދާބީގައި ވެސް ނަގަން ވަނީ ހަމަޖެހިފަ އެވެ.
First schedule of @Bharat_TheFilm completed in Mumbai, two dramatic action sequences done …. thanks you cast & crew … Here we come Malta .. ??? get ready for Desi rock n rolla…
— ali abbas zafar (@aliabbaszafar) August 6, 2018
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ސަލްމާން ހާން، ކެޓްރީނާ ކެއިފް، ޑިޝާ ޕަޓްނީ، ޖެކީ ޝްރޮފް، ތައްބޫ، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ހިމެެނެ އެވެ.
"ބާރަތު" އަކީ މިދިޔަ އަހަރު ސަލްމާނާއި ކެޓްރީނާ ހިމަނައިގެން އަލީ ގެނެސް ދިން "ޓައިގާ ޒިންދާ ހޭ" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.