Last Updated: May 6, 09:32
Tuesday, May 6, 2025
ޚަބަރު

ހުސައިންގެ ކެންޑިޑެސީ އިލެކްޝަނުން ގަބޫލެއް ނުކުރި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅުއްވާފައިވާ ހުސައިން ނަސީރުގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް އިން މިގޮތަށް ނިންމާފައި ވަނީ ހުސައިން ނަސީރު ހުށަހެޅި ފޯމްގެ މައުލޫމާތު ސައްހަ ނުވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު އެ ކޮމިޝަނުގެ ރަސްމީ ޓްވިޓާ މެދުވެރިކޮށެވެ.

އެކޮމިޝަނުން ކުރި ޓްވީޓްގައި ބުނެފައިވަނީ، އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލި ހުސައިން ނަސީރުގެ ފޯމްގެ މައުލޫމާތު ސައްހަ ނުވުމުގެ ސަބަބުން އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ