Last Updated: November 24, 11:53
Sunday, November 24, 2024
ޚަބަރު

ކެމްޕެއިން އަށް އައިޝާ އދ. އަތޮޅަށް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯދުމަށް ކެމްޕެއިން ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އދ.އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އައިޝަތު ނަހުލާ އާއި ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން އދ. އަތޮޅަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ދަތުރަށް ޚާއްސަކޮށްފައިވާ "ޖުމްހޫރީ ވިންދު" ލޯންޗްގައެވެ.

ފުރާވަޑައިގަތުމުގެ ކުރިން މީޑިޔާތަކާއި ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ، ދަތުރުގެ ބޭނުމަކީ ގައުމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލު ގެނައުން ކަމަށެވެ.

މީގެ ކުރިން އައިޝާ ވަނީ، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު އިތުރުކުރުމަށް ލ.އަތޮޅަށް ވެސް ދަތުރުކުރައްވާފައެވެ. އެއަތޮޅުގެ ރަށްތަކަށް ވަޑައިގެން އެކަމަނާ ވަނީ ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.