Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

މާދަމާ އަކީ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް

މާދަމާ، 12 އޯގަސްޓް 2018 އަކީ، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާދަމާއަކީ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ހަނދު ސާބިކޮށްފައިވާތީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މާދަމާ އަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަށް ވުމުން ޢަރަފާތް ދުވަހަށް ވާނީ އޯގަސްޓް މަހުގެ 20 ވަނަ ދުވަސް ކަމަށެވެ.