Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ޔާމީނާއި އެކު ބަހުސަކަށް ދާން ތައްޔާރު: އިބޫ

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕީޕިއެމްގެ ފަރާތުން ވާދަ ކުރައްވާ ރައީސް އަބްދުﷲ ޔާމީނާއެކު ބަހުސަކަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިބޫ މިހެން އިބޫ ވިދާޅުވިއިރު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ އިބޫ އާއި ރައީސް ޔާމީން އެކަންޏެވެ.

ރައީސް ޔާމީނާއެކު ބަހުސަކަށް ވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެތޯ ސުވާލުކުރުމުން އިބޫ ވިދާޅުވީ، "އަޅުގަނޑު މިހިރީ ތައްޔާރަށް،" ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ދުވަސް ކުޑަތަން ވަމުން އަންނައިރު ރައީސް ޔާމީނަށް ވުރެ ބޮޑަށް ކެމްޕެއިންގައި އުޅުއްވާތަން ފެންނަނީ އެމަނިކުފާނުގެ ރަނިން މޭޓް ޑރ. ޝަހީމެވެ. އަދި އެ ދެބޭފުޅުން އެކުގައި ކެމްޕެއިން ކުރައްވާ ތަނެއް ނުފެނެއެވެ.

އެހެން ނަމަވެސް އިދިކޮޅު ކެންޑިޑޭޓް އިބޫ އާއި ފައިސަލް ވަނީ އެކުގައި ގިނަ ކެމްޕެއިން ދަތުރުފުޅުތަކެއް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ 3ކޮމެންޓް

ޒހރ

އެކިމީހުންގެ ކެމޕެއިން ސްޓައިލް އަދި ސްޓްރެޓެޖީ ތަފާތުވާނެ. 2013 ގަވެސް ޖަމީލް ގިނަ ރަށްރަށަށް ދިޔައީ…. ޔާމީނު އާއި ޖަމީލް ވަރަށް އެއްކޮށް ނުފެނި ވަރަށްކާމިޔާބު ކެމްޕެއިނެއް ކޮއް ނިއްމާލި… ކާމިޔާބޭ މިބުނީ އިންތިހާބު ވިން ކުރީ ޔާމީން / ޖަމީލު ވީމަ…. އެހެންވީމަ މިފަހަރުވެސް ދޭ އާރ ޔޫސިންގް ދަ ސޭމް ސްޓްރެޓެޖީ… އަ ޓެސްޓެޑް އެންޑް އަ ވެރީ ސަކްސެސްފުލް ސްޓްރެޓެޖީއެއް

ހަބޭސް222

ކުރީގައި ވާހެން ކޮންމެފަހަރަކު ނުވާނެ! ކުރީގަ ކޮންމެ މީހަކު ކެމްޕެއިން ކުރިޔަސް ދިވެހިރާއްޖޭގައި އޮތީ ދެ ފިކުރުކަން ޤަބޫލު ކުރަންޖެހޭ! އެއީ ރައީސް މައުމޫނާއި، ރައީސް ނަޝިދުގެ ފިކުރު، ދެން ހުރީ ޤާސިމް، ފުލުހުންނާއި ސިފައިން އެކި ދިމަ ދިމާލަށް ފޮނުވައިގެން ނާއި، މަރުވެފަ ތިމީހުންނާއި، ހައެއްކަފަހަރު ކޯޓުން އިންތިޚާބު ބާޠިލް ކޮށްފަ ޔާމީނަށް ހެޔޮވަރަށް ކޯޓުފަހައިގެން ލީމަ ވެސް އިތުވީ 6000 ވޯޓު، މިފަހަރަކު ލާހިކެއްނޫން، އެހެން ވާކަށް!

ހަބޭސް222

ޔާމީނަށް ހަމަ ލާހިކެއްނޫން ބަޙުސް އަކަށް އަރާކަށް! ބޭޒާރު ވާނީ! ނޫން، ޑރ ޝަހީމު އަރާފިއްޔާ މިމީހާ އަނެއްމީހާ ސުވާލުކުރާށޭ، ނުވަތަ ބުނެފާނެ ތިމަންނަ މިތަނަށް މިއައީ ޔާމީނުގެ ތެދުވެރިކަމުގެ ވާހަކަ ދައްކާށޭ ކިޔާފަވެސް ހިފަހައްޓަފާނެ….!