Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

"ރާއްޖެ އަށް ފިޔަވަޅު އެޅުމަކީ މަސްވެރިންނާ ދިމާކުރުން"

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ. ފޮޓޯ: ފޭސްބުކް

ދިވެހިރާއްޖެ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕުގެ ގައުމުތަކަށް ގޮވާލުމަކީ މަސްވެރިންނާ ދިމާކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝައިނީ މިހެން ވިދާޅުވި ނަމަވެސް ޔޫރަޕިއަން ޔޫނިއަނުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ ސަރުކާރުގެ އިސްވެރިންނަށާއި ބައެއް ވިޔަފާރިވެރިންނަށެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތެއް ނުހިމެނެއެވެ.

ޝައިނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެދިގެން އީޔޫ އިން ރާއްޖެއަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް ފުރަތަމަ އެޅި ފިޔަވަޅަކީ ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން 24 ޕަސެންޓް ޓެކްސް އިތުރު ކުރުމެވެ.

"ރާއްޖެއަށް ޔޫރަޕުން ދާ ހަމައެކަނި އެއްޗަކީ މަސް ކަމަށް ވާއިރު، މިއީ ސީދާ މަސްވެރިންނާއި ދިމާ ކުރުން ކަމުގައި އަޅުގަނޑު ގަބޫލު ކުރަނީ،" ޑރ. ޝައިނީ ވިދާޅުވި އެވެ.