ސ. ގަމުގެ ބައިނަލްއަގްވާމީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފަށްޓަވައި ދެއްވުމަށް ވަަރަށް އަވަހަށް އަދި އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވި އެވެ.
ހިތަދޫ ރޯޑް ޕްރޮޖެކްޓް އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއާޕޯޓް މަޝްރޫއު ކުރިން ފެށުމަށް ހަމަޖެހިފައި އޮތީ، އެ މަނިކުފާން މިހާރު އައްޑު އަށް ކުރައްވާ ދަތުރުގައި ކަމަށެވެ.
އެހެން ނަމަވެސް އެކަމަށް ވާން ޖެހޭ ތައްޔާރީތަކުގައި އަދި ދަތިތަކެއް ހުރެގެން އެކަން އެހެން ފަހަރަކަށް ފަސް ކުރެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަކު ވަރަށް އަވަހަށް އައްޑު އަށް ވަޑައިގަންނަވާނެ ކަމަށާއި މި މަހުގެ ތެރޭގައި އަދި ވަޑައިގަންނަވާނެ ކަމަަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއާޕޯޓް ޕްރޮޖެކްޓަކީ އައްޑޫގެ ތަރައްގީ އާ ގުޅިފައިވާ މުހިއްމު ކަމަކަށްވާތީ އެކަން އަވަސް ކުރަން ޖެހޭ ކަމަށެވެ.