އެންމެ މާތް ދުޢާއަކީ ޢަރަފާތު ދުވަހުގެ ދުޢާ ކަމަށްވުމުން މިއަދު އެންމެހައި ދިވެހި ރައްޔިތުން ވެސް އިސްލާމް ދީނަށް ވަފާތެރިވެ، ރައްޔިތުންނަށް އަދުލުވެރިކަން ޤާއިމުކޮށްދީ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރި ނުވާނެ ވެރިއަކު ދެއްވެވުން އެދި ގިނަ ގިނައިން ދުޢާކުރެއްވުމަށް ޝައިޚް މުޙައްމަދު އަނީލް އިލްތިމާސް ކުރައްވައިފިއެވެ.
މައްކާގައި މިވަގުތު ހުންނެވި ޝެއިޚް އަނީލް މިގޮތަށް އިލްތިމާސްކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.
"އެންމެ މާތް ދުޢާއަކީ ޢަރަފާތު ދުވަހުގެ ދުޢާ. އިސްލާމް ދީނަށް ވަފާތެރިވެ، ރައްޔިތުންނަށް އަދުލުވެރިކަން ޤާއިމުކޮށްދީ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރި ނުވާނެ ވެރިއަކު ދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރެއްވުމަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަޞިއްޔަތް ކުރަން."
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް އަނީލް ގެ ޓްވީޓްގައި ވެއެވެ.
emme maaiy dhua akee Arafat dhuvahuge dhua!
islam dheenah vafaatheri ve, rayyithunnah adhuluverikan qaaimu koh dhee, rayyithunge mudhalah khiyaanaaiy theri nuvaane veriyaku dhevvun edhi, ginaginain dhua kurevvumah emmehaa lobuvethi dhivehi rayyithunnah wasiyyaiy kuran. pic.twitter.com/FGwdLV2b7C— Aneel (@mohamed_aneel) August 19, 2018