Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރައީސް މައުމޫނު ސިއްހީ ހާލުކޮޅުގެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހެޅި ނަމަވެސް ވީކަމެއް ހަރާމް: ވަކީލު ފައިސަލް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސިއްޙީ ހާލުކޮޅުގެ މައްސަލަ ތަކުރާރުކޮށް އެޗްއާރްސީއެމްއަށް ހުށަހެޅި ނަމަވެސް ވީކަމެއް ހަރާމް ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމުން އަބަދުވެސް ދޭ ޖަވާބަކީ މައްސަލަ ބަލަނީ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅުގެ މައްސަލަ އެޗްއާރްސީއެމްއަށް ތަކުރާރުކޮށް ހުށަހެޅިއްޖެ ވީކަމެއް ހަރާމް. އެޗްއާރްސީއެމުން އަބަދުވެސް ދޭ ޖަވާބަކީ "މައްސަލަ ބަލަނީ ބަލަނީ" އެޗްއާރްސީއެމްގެ މެމްބަރުން ރައްޔިތުންގެ ފައިސާއިން ތި ނަގާ މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރަންޖެހޭ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ އެޗްއާރްސީއެމްގެ މެމްބަރުން ރައްޔިތުންގެ ފައިސާއިން ނަގާ މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.