Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

އިންތިޚާބަށް 30 ދުވަސް: އައްޑޫގައި ޓާފް އަޅައިގެން ދަނޑުތައް ހެދުމުގެ ވައުދު!

އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ފުޓްސަލް ދަނޑުތައް ހަދައިދޭނެ ކަމުގެ ވައުދު ވަމުން އެބަގެންދެއެވެ.

ސަރުކާރުގެ ފަރާތުން ކަމަށް ބުނެ ފުޓްސަލް ދަނޑުތައް އަޅައިދޭނެ ކަމަށް ވައުދު ވަމުން ދަނީ، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ. އޭނާ އަކީ ރައީސް ޔާމީންގެ ކެމްޕެއިން އަށް އައްޑޫގައި ހަރަކާތްތެރިވަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫގެ ބައެއް ޒުވާނުން ބުނިގޮތުގައި، އެމީހުންނާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ޓާފް ދަނޑުތަކެއް ހަދައިދޭނެ ކަމަށް ޝަވީދު ބުނެފައިވާ ކަމަށެވެ.

ޓާފް އަޅާނީ މީގެ ކުރިން ކައުންސިލްގެ ފަރާތުން ޚަރަދުކޮށްގެން ހަދާފައިވާ ބައެއް ދަނޑުތަކުގައި ކަމަށް ވެއެވެ.

ރިޔާސީ އިންތިޚާބަށް 30 ދުވަހަށް ވެފައިވާ އިރު އިންތިޚާބުގެ ކުރިން ދަނޑުތަކުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ހިތަދޫ ޒުވާނުންނާއި ވާހަކަ ދައްކަމުން ޝަވީދު ވަނީ ބުނެފައެވެ.