Last Updated: April 2, 13:34
Wednesday, April 2, 2025
ޚަބަރު

ރައީސް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ވިދާޅުވެއްޖެ

ސާޕް ޗެމްޕިއަން ޝިޕްގެ ފައިނަލް މެޗްގައި އިންޑިއާ އާއި ވާދަ ކޮށް 2-1 ގެ ނަތީޖާއަކުން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް މުބާރާތް ކާމިޔާބު ކުރުމުން އެ ޓީމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ޓީމަށް މަރުޙަބާ ވިދާޅުވީ މެޗް ނިމުމަށްފަހު ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އަށް ފޯނުން ގުޅުއްވާފައެވެ.

އަކްރަމަށް ގުޅުއްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގައި ޓީމް ހޯދި ކާމިޔާބީ ފާހަގަ ކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ. ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ރާއްޖެއަށް ޓީމްގެ ފަރާތުން ރީތިނަން ހޯދައިދީފަވާކަން އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ޓީމްގެ ކެޕްޓަން އަކްރަމް ދެއްކި ވާހަކައިގާ ވަނީ ރައީސް ޔާމީން ގުޅުއްވީތީ އެކަމާއި ވަރަށް އުފާކުރާ ވާހަކަ ބުނެފައެވެ. އަދި އެ މަނިކުފާނަށް ވަނީ ޝުކުރު އަދާކޮށްފައެވެ

މިއީ 10 އަހަރަށްފަހު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން ހޯދި ވަރަށް ކުލަގަދަ ކާމިޔާބީއެކެވެ. މުޅި ދިވެހިރާއްޖެ ދަނީ މެޗަށްފަހު އުފާ ފާޅުކުރަމުންނެވެ.