Last Updated: April 17, 13:18
Thursday, April 17, 2025
ޚަބަރު

65 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންގެ އިނާޔަތް ބަޖެޓުގައި ނުހިމަނަން އަންގައިފި

މީގެ ކުރިން ބޭއްވި އިންތިޚާބެއްގައި ދޮށީ އުމުރުގެ ރައްޔިތަކު ވޯޓު ލަނީ. ފޮޓޯ: އޭޕީ

އުމުރުން 65 އަހަރު ފުރިފައިވާ ކޮންމެ ދިވެހިރައްޔިތަކަށް ދައުލަތުން ޕެންޝަންގެ ގޮތުގައި ދެމުން އަންނަ އިނާޔަތުގެ ތެރެއިން 65 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންނަށް ދޭ އިނާޔަތް 2019 ވަނަ އަހަރުގެ ބަޖެޓުގައި ނުހިމެނުމަށް ރައީސް ޔާމީން ފިނޭންސް މިނިސްޓަރަށް އަންގަވައިފިއެވެ.

ރައީސް ޔާމީން މިގޮތަށް ފިނޭންސް މިނިސްޓްރީއަށް އަންގަވާފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މޫސާ ފަތުހީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ އަށް 65 އަހަރު ފުރި 70 އަހަރު ނުފުރޭ މީހުންނަށް އެލަވަންސް ދިނުމަށް ބަޖެޓުގައި ނުހިމެނުމަށް ރައީސް ޔާމީން އަންގަވާ ކަމަށެވެ.

"ރިޓަޔަރ ކުރާ އުމުރު 70 އަހަރަށް ބަދަލުކުރުމަށް ރައީސް މިހާރު ނިންމަވާފައިވާތީ، 2019 ވަނަ އަހަރުގެ ބަޖެޓު ހެދުމުގައި 2019 އަށް 65 އަހަރު ފުރި 70 އަހަރު ނުފުރޭ މީހުންނަށް ދެވޭ އެލަވަންސް ނުހިމެނުއްވުމަށް ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ސޯޝާލް މީޑިޔާގައި ލީކްވެފައިވާ ސިޓީގައި ބުނެފައިވެއެވެ.