ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ "ރަސްމީ ސައިޒް" ދައްކާލުމަށް މާދަމާ ރޭ ބާއްވާ ޖަލްސާއަށް، އައްޑޫން މާލެ ގެންދިޔަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ރޭޓުން ފައިސާ ދެމުން އެބަގެންދެއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫގެ ބަޔަކު ބުނިގޮތުގައި މިއަދު ހެނދުނު މޯލްޑިވިއަންގެ އެއާބަސްގައި މާލެ ދިޔަ ކޮންމެ މީހަކަށް 1000 ރުފިޔާ ދިން ކަމަށެވެ.
އޭނާ ބުނިގޮތުގައި އެ ފައިސާއަކީ މާލޭގައި 2 ދުވަހަށް ހުރުމުގެ ޚަރަދުކަމެއް ނުވަތަ އަދި ފަހުން ކޮޓަރި ކުލި ފައިސާ ލިބޭނެ ކަމެއް ނޭނގޭ ކަމަށެވެ.
"ފައިސާ ހަވާލުކުރީ މާލޭގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ކެމްޕެއިން ޓީމުތަކުން. އެމީހުން ފައިސާ ދީފައި ޝީޓެއްގައި ނަން ނޯޓް ކުރި." ހިތަދޫ މީހާ ބުންޏެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފޭދޫގެ ޕީޕީއެމް ސަޕޯޓަރަކު ބުނީ އެންމެ ހާހެއްހާ ރުފިޔާ އިން މާލޭގައި ނުވާނެ ކަމަށް ޕީޕީއެމް އިން ފައިސާ ހަވާލުކުރަން އައި މީހުން ގާތު ބުނެފައިވާނެ ކަމަށެވެ. އަދި އެހެން ބުނުމުން ޖަލްސާއަށް ދިއުމުން އިތުރަށް ލިބޭނެ ކަމަށް އެމީހާ ބުނެފައިވާ ކަމަށެވެ.
މާލޭގައި ދެރެއަށް ނިދުމާއި ކެއުމުގެ ޚަރަދުގެ ގޮތުގައި 1000 ރުފިޔާ ދިން އިރު މާލެއިން ކުލީ ކޮޓަރިއެއް އެވްރެޖް ގޮތެއްގައި އުޅެނީ 400 ރުފިޔާ އަށް ވުރެ މަތީގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫން މާލެ ދިޔަ މީހުންނަށް އަންގާފައި ވަނީ މާދަމާ ރޭ އޮންނަ ޕީޕީއެމްގެ ބޮޑު ޖަލްސާއަށް ދިޔުމުގެ އިތުރުން، މާދަމާ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާރަންވޭ ހުޅުވުމުގެ ޖަލްސާއަށް ދިއުމަށެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން "ދަޕްރެސް" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އައްޑޫން ޖަލްސާއަށް މާލެއައި މީހުންނަށް ދިން ފައިސާ އަކީ މާލޭގައި ދެރޭގެ ނިދުމާއި ކެއުމުގެ ހަރަދު ކަމަށެވެ.
މާލޭގައި ދެރެއަށް ނިދުމާއި ކެއުމުގެ ޚަރަދުގެ ގޮތުގައި 1000 ރުފިޔާ ދިން އިރު މާލެއިން ކުލީ ކޮޓަރިއެއް އެވްރެޖް ގޮތެއްގައި އުޅެނީ 400 ރުފިޔާ އަށް ވުރެ މަތީގައެވެ.
މީގެ އިތުރުން ނިހާން ވިދާޅުވި ގޮތުގައި އެމީހުން ޕީޕީއެމްގެ ޖަލްސާއަށް އައީ ޕީޕީއެމުން ހަރަދުތަކެއްގެނެއް ނޫން ކަމަށެވެ. އަދި އެއީ ވޮލެންޓިއާކޮށްގެން އައި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.