Last Updated: February 7, 06:30
Friday, February 7, 2025
ޚަބަރު

މެޑަމް އައިޝާ އަބްދުﷲ ސައީދުގެ ބައްޕާފުޅާއި ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ޕާޓީގެ ލީޑަރ، ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު، މުހައްމަދު ސައީދާއި ބައްދަލުކުރައްވައިފި އެވެ.

އެގޮތުން އައިޝާ މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫ އަށް ވަޑައިގެން، މީދޫގައި ހުންނަ އަބްދުﷲ ސައީދުގެ ގެކޮޅު ކަމަށްވާ، އަލިވާގެ އަށް ވަޑައިގެން، މުހައްމަދު ސައީދާއި ބައްދަލުކޮށް ވަނީ ހާލުބައްލަވާފައެވެ.

މީދޫއަށް ވަޑައިގެން އައިޝާ ވަނީ ޖުމްހޫރީ ޕާޓީގެ ދެ ޖަގަހައެއްވެސް އެރަށުގައި ހުޅުއްވައި ދެއްވާފައެވެ.

އައިޝާ އައްޑޫ ސިޓީ އަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ވަނީ ފޭދޫ އަށް ވަޑައިގެން، ފޭދޫ ޖޭޕީ ޖަގަހަ ވެސް ހުޅުއްވައިދެއްވައިފަ އެވެ.

މީގެ އިތުރުން އައިޝާގެ ފަރާތުން އައްޑޫ ސިޓީގެ އިއްތިހާދުގެ ހުރިހާ ސަޕޯޓަރުންނަށް އަމާޒުކޮށް ބާއްވާ ފަރިކޮޅުއްވުމެއް މިރޭ 21:00 ގައި ހިތަދޫ ޖޭޕީ މައި ޖަގަހައިގައި ކުރިއަށް ދާނެއެވެ.

މިއަދު ހެނދުނު އައިޝާ އައްޑުއަށް ވަޑައިގަތުމުން ޖޭޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އައިޝާގެ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް މަރުހަބާ ކިޔާފައެވެ.