ސ. ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާގައި ފަތުރުވެރިޔަކު ރޭޕްކުރަން އުޅުނު 4 ބިދޭސީ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުރުވެރިޔަކަށް ރޭޕްކޮށް ޖިންސީ ފުރައްސާކުރުމުގައި 4 މުވައްޒަފުންނާއި އެކު ޝަންގްރިއްލާގެ އެޗްއާރް ޑިރެކްޓަރު މުނީރް ރަަމްޒީގެ ދަރިފުޅު ވެސް ވަނީ ބައިވެރިވެފައެވެ. އެކަމަކު އޭނާ އަކީ އެރަށުގެ މުވައްޒަފެއް ނޫނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަންގްރިއްލާގެ އެޗްއާރް ޑިރެކްޓަރު މުނީރް ރަަމްޒީގެ ދަރިފުޅު ރިސޯޓުގައި ހުންނަތާ ގިނަ ދުވަސްތަކެއް މިހާރު ވަނީ ވެފައެވެ.
ފަތުރުވެރިޔަކު ރޭޕްކުރަން އުޅުނު ބިދޭސީ 4 މުވައްޒަފުންގެ ތެރެއިން 3 މީހުންނަކީ މިސްރުގެ ރައްޔިތުންނެވެ. އަދި 4 ވަނަ މީހާ އަކީ އިންޑިޔާގެ ރައްޔިތެކެވެ. މި ހަތަރު މީހުން ވެސް ފުރުވާލުމުގެ މަސައްކަތް ޝަންގްރިއްލާ ރިސޯޓުން ދަނީ ކުރަމުންނެވެ.
އެޗްއާރް ޑިރެކްޓަރުގެ ދަރިފުޅާއި 4 ބިދޭސީ މުވައްޒަފުން ވެގެން ފަތުރުވެރިޔާ ރޭޕްކުރަން މަސައްކަތް ކޮށްފައި ވަނީ ބަނގުރާ ބޯން ދިނުމަށް ފަހު ކަމަށް ވެއެވެ.
ޝަންގްރިއްލާ ރިސޯޓުގެ އެޗްއާރްގައި މަސައްކަތް ކުރަނީ ބިދޭސީންނަށް ވެފައި އެރަށުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނާއި މެދު އަބަދުވެސް ތަފާތު ކުރުން ގެންގުޅެ ކަމުގެ ޝަކުވާ ދިވެހި މުވައްޒަފުން ކުރެއެވެ.
އަދި އާއްމު ގޮތެއްގައި ރިސޯޓުގައި ކުރިމަތިވާ ހުރިހާ މައްސަލައެއްގައި ވެސް ތުހުމަތު ކުރަނީ ދިވެހި މުވައްޒަފުންނަށެވެ.
'އައްޑޫލައިވް' އާޢި ވާހަކަ ދެއްކި ޝަންގްރިއްލާގެ މުވައްޒަފަކު ބުނިގޮތުގައި ފަތުރުވެރިޔާ ރޭޕްކުރަން އުޅުނު މައްސަލައިގައި ހިމެނޭތީ މެނޭޖްމަންޓުން ފުރަތަމަ މަސައްކަތް ކުރީ "އެކަން ވެސް އޮއްބާލަން" ކަމަށެވެ.