ރޭ ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލި ޖަލްސާގައި އެޕާޓީގެ ނައިބު ލީޑަރ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ޖެއްސެވި ހިސާބާއެކު އެމަނިކުފާނަށް ސޯޝަލް މީޑިޔާގައި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ޕީޕީއެމްގެ ސައިޒު ދައްކާލި ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދާ މެދު ޕާޓީ ތެރޭގައި ވެސް ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު އެއް ބަޔަކު ތިރީސް ހާސް ކަމަށް ބުނަމުން ދިޔައިރު އެ އަދަދު ސާޅީސް ހާހުން ފަންސާސް ހާހަށްވެސް ވަނީ އަރާފައެވެ.
އަދުރޭ މިޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފަންސާހުން އަޅުގަނޑުމެން ހަތަރު ގުނަ ކުރުމުން 2 ލައްކަ ލިބޭނެ ކަމަށެވެ. އަދި މިއީ ޔުނިވާސިޓީއަށް ނުދިޔަސް އެމަނިކުފާނަށް ވެސް އެނގޭ ހިސާބެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
According to Adhurey 200 ppl in PPM jalsaa tonight.
50×4=200
But actually he meant 200,000 pic.twitter.com/dsfiOpnrmS— Luke (@Lucasjalyl) September 18, 2018
"އަޅުގަނޑު މިދަންނަވަނީ ފަންސާސް ގުނަ ކުރާށޭ ހަތަރަކާ. މިއީ އެނގޭ ވަރުގެ ހިސާބެއް. ޔުނިވާސިޓީ އަށް ނުދިޔަސް ފަންސާހާ ހަތަރަކާ ގުނަ ކުރީމާ ދެލައްކަ ވާކަން އެނގޭނެ" އަދުރޭ ވިދާޅުވިއެވެ.
ނަމަވެސް ފަންސާހާ ހަތަރަކާ ގުނަ ކުރުމުން ހަގީގަތުގައި ލިބޭނީ ދުއިސައްތައެވެ. އަބްދުއްރަހީމް ވަނީ ރޭގެ ޖަލްސާގައި ހާޒިރުވެ ތިބި މީހުންގެ އަދަދު ގުނާ ދިނުމަށް އެދިފައެވެ. އަދި މުސާރަވެސް އެކަމަށް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.