Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

އިއްތިހާދުގެ "ކުންފުނި" ޖަގަހައަށް ގެއްލުންދީފި

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އައްޑޫ ސިޓީގެ ހިތަދޫގައި އަލަށް ހަދާފައިވާ "ކުންފުނި" ޖަގަހަ ރަސްމީކޮށް ނުހުޅުވެނީސް ބަޔަކު ގެއްލުންދީ ދަމާފައި ހުރި ބެނާތައް ކަނޑާލައިފިއެވެ.

ރޭ ދަންވަރު ވަންދެން އިދިކޮޅު އެކްޓިވިސްޓުން ޖަގަހައިގެ މަސައްކަތް ކޮށް، ބެނާތަކާއި ޕޯސްޓަރުތައް ހަރުކޮށްފައިވަނިކޮށް ހެނދުނު އިރު ނާރަނީސް ބެނާތައް ކަނޑާލާފައިވާ ކަމަށް އިދިކޮޅުން މައުލޫމާތު ދީފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ހުޅުވާ ޖަގަހަތަކާއި، ހަރުކުރާ ޕޯސްޓަރު އަދި ދަމާ ބެނާތަކަށް ތަކުރާރުކޮށް ގެއްލުން ލިބެމުން އަންނައިރު ބައެއް މީހުން ވަނީ އެކަން ކުރާ މީހުން އެކަން ކުރަނީ ފުލުހުން ބަލައިގެން ތިއްބާ ކަމަށް ބުނެފައެވެ.

އަދި ބައެއް ޕޯސްޓަރުތައް ފުލުހުން އަމިއްލައަށް ވީދާ، ނައްޓާ އަދި ގެއްލުންދޭ މަންޒަރުވެސް ވަނީ ސޯޝަލް މީޑިޔާގައި ފެނިގެސް ގޮސްފައެވެ.