Last Updated: April 8, 22:35
Tuesday, April 8, 2025
ޚަބަރު

ހިތަދޫ ކިނބިވައު ސަރަހައްދުގެ ޒުވާނުންގެ ތާއީދު ވެސް އިބޫއަށް

އައްޑޫ ސިޓީ ހިތަދޫ ކިނބިވައު ސަރަހައްދަށް ނިސްބަތްވާ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ތާއީދުކުރަން ނިންމައިފިއެވެ.

މިހާރު އައްޑޫ ސިޓީ ހިތަދޫގައި ހުންނެވި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބޫ ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކިނބިވައު ސަރަހައްދުގެ ގިނަ ޒުވާނުންނާއި ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ އަދި އައްޑޫ މޭޔަރު ސޯބެ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިބޫ އެ ކިނބިވައު ސަރަހައްދުގެ ޒުވާނުންނާއި ބައްދަލުކުރި އިރު އެ ސަރަހައްދަށް ނިސްބަތްވާ ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ އިބޫ އަށް ތާއީދު ކުރުމަށް ނިންމާފައެވެ.