Last Updated: April 8, 22:35
Tuesday, April 8, 2025
ޚަބަރު

ގިނަ އަދަދެއްގެ ބަޔަކާއި އެކު ހިތަދޫގައި އިއްތިހާދުގެ ޖަލްސާ ފަށައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިތަދޫގައި ބާއްވާ ޖަލްސާ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެކު ފަށައިފިއެވެ.

ހިތަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްދާ މިޖަލްސާގައި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އަދި މީގެ އިތުރުން މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް ވަނީ އައްޑޫއަށް ވަޑައިގެންފައެެވެ.

ގިނަ ދުވަސްތަކަކަށް ފަހު ހިތަދޫގައި އިދިކޮޅު ފަރާތްތަކުން ބާއްވާ މި ޖަލްސާ އަކީ އިންތިހާބުގެ ކުރިން އައްޑޫގައި ބާއްވާ އެންމެ ފަހު ޖަލްސާއެވެ.