Last Updated: April 8, 22:35
Tuesday, April 8, 2025
ޚަބަރު

"ރައީސް ޔާމީނަކީ އަނިޔާވެރިއެއް، އެއީ ޝައްކެއް އޮތްކަމެއް ނޫން"

ރައީސް އަބްދުﷲ ޔާމީން އަކީ އަނިޔާވެރިއެއް ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ ހިތަދޫ ބަނދަރު ސަރަހައްދުގައި މިހާރު ކުރިއަށްދާ އިދިކޮޅު ކޯލިޝަނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި އޮތީ އަނިޔާވެރި ސިޔާސަތާއި ހަންޑި ސިޔާސަތު ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ މިސާލެއްގެ ގޮތުގައި ރައީސް މައުމޫން ޖަލުގައި އޮތުން ފުދޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވަނީ ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި މިނިވަންކަމާއި އެކު އުޅޭ އެއްވެސް އިދިކޮޅު ސިޔާސީ ލީޑަރަކު ނުހުންނާނެ ކަމަށެވެ.