Last Updated: November 23, 16:44
Saturday, November 23, 2024
ޚަބަރު

މަޖިލީހެއް ނެތް، މަޖިލިސް ވަނީ ހިސޯރުކޮށްފައި: އިބްރާހިމްދީދީ

ރައްޔިތުންގެ މަޖިލީހެއް މިހާރު ނެތް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

އިބްރާހިމްދީދީ މިހެން ވިދާޅުވީ މިހާރު ހިތަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްދާ އިދިކޮޅު ކޯލިޝަނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިރާއްޖޭގައި އިންސާފު ގާއިމްކުރަން ހުރި ފަނޑިޔާރުގޭގެ ފުރާޅު ނަގައިގެން ގޮސްފައިވާ ކަމަށެވެ.

އަދި ދައުލަތުގެ މުއައްސަސާތައް ހިންގުމަށް އިސްވެ ތިބި މީހުން އެމީހުންގެ ޤާނޫނީ ޒިންމާ އާއި ﷲ ގަންދީ ވެފައިވާ ހުވާ ހަނދާން ނައްތާލާފައިވާ ކަމަށެވެ.

އެކަން ފާހަގަކުރައްވައި އިބްރާހިމްދީދީ ވަނީ އެންމެ މީހެއްގެ ހައްގު ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ނަގާނުލުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށާއި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އިލްތިމާސް ކުރައްވާފައެެވެ.