ކޮންމެ ގޮތަކަށް ނިކުތަސް ބަލައިގަނެވޭ ވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އަހްމަދް ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ. ނިހާން މިގޮތަށް ޓްވީޓްކުރެއްވި އިރު ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅުއްވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.
Molhuviyas Dhera Viyas, Dhivehi Raiyyithunge Nimmun Balaiganevey varuge Hivvaru PPM ga Hunnaane.
— Ahmed Nihan (@ahmed_nihan) September 23, 2018
"މޮޅުވިޔަސް ދެރަވިޔަސް، ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަނެވޭ ވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ "ނިހާންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.