Last Updated: February 13, 13:59
Thursday, February 13, 2025
ޚަބަރު

އަބްދުﷲ ރިޔާޒު މިނިވަންކޮށްފި

އަބްދުﷲ ރިޔާޒު، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލް މެމްބަރު ރިޔާޒު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ދާދި ދެންމެއަކު އެކެވެ. ކޯޓުން ރިޔާޒް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ. ދައުލަތުން ވެސް ކޯޓުގައި އެކަމަށް އިންކާރު ކޮށްފައި ނުވެއެވެ.

އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރުފަހު 15:30 ހާއިރު އެވެ.

ފުލުހުންގެ ތަހުޤީޤަށް ފޯނު ނުދިން ކަމަށް ބުނެ ރިޔާޒުގެ މައްޗަށް އުފުލި ޤާނޫނު ތަންފީޒްކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނުނަމަވެސް، ރިޔާޒު މިނިވަންނުކޮށް ރިމާންޑް ޖަލަށް ބަދަލުކުރުމާއި ގުޅިގެން، އޭނާ ހައްޔަރުކޮށްފައި ހުންނެވީ ޣައިރު ޤާނޫނީ ބަންދެއްގައި ކަމަށް ކަނޑައަޅައިދިނުމަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

އެނގިފައިވާ ގޮތުގައި ރިޔާޒު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އެ މައްސަލައިގައި ގޮތެއް ނިންމުމަށެވެ.

– ތަފްސީލް އަންނަނީ –