ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ކަމިޝްނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އިތުރުން މައުމޫންގެ ދަނބި ދަރިކަލުން މުހައްމަދު ނަދީމްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހުމަދު ސިނާން ކްރްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މި ބޭފުޅުން ކޯޓަށް ހާޒިރުކޮށްފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީނަށް މިއަދު ދަންނަވާފައެވެ.
އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވުމާއި އެކު ރާއްޖޭގެ މުޅި ސިޔާސީ މަސްރަހު ވަނީ ބަދަލުވެގެން ގޮސްފައެވެ.
ކްރިމިނަލް ކޯޓު ސަރަހައްދުން މައުލޫމާތު ލިބޭ ގޮތުގައި ގިނަ އަދަދެއްގެ މައުމޫންގެ ސަޕޯޓަރުން ވަނީ ކޯޓު ހިމެނޭ ސަރަހައްދަށް ޖަމާވެފައެވެ.
ކޯޓު ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވާ އިރު އެމީބހުން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ނުކުރާކަން ފާހަގަ ކުރެވެއެވެ.
މައުލޫމާތި ލިބެމުންދާ ގޮތުގައި މިހާތަނަށް 9 ސިޔާސީ ގައިދީއަކު ވަނީ މާލެ ގެނެސް ކޯޓަށް ގެނެސްފައެވެ.