އިންތިޚާބުން ވަކި މީހަކު ބަލިވުމުން، މަސްލަހަތު ނަގާލުމަށް، އިންތިޚާބު ތެރޭ ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ޝަކުވާ ހުށަހެޅުމަކީ ދޮގުހެކި ދިނުން ކަމަށް ޝެއިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝެއިޚް އަނީލް މިހެން ވިދާޅުވީ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ޝެއިޚް މިފަދައިން ވިދާޅުވެފައި މިވަނީ ރޭވިގެން އިންތިހާބުގެ ހަމަތަކެއް ބަދަލު ކުރަން އުޅުނު ފަދަ ޝަކުވާތަކެއް ހުރި ކަމަށާއި އެކަންކަން ޕާޓީ ލެވަލްގައި ބަލަމުން އަންނަ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
inthikhaabun vaki meehaku balivumun, maslahathu nagaalumah, inthikhaabu therey, nuhingaa kameh, hingi kamakah hadhaigen shakuwa hushahelhumakee dhogu heki dhinumeve.
Dhogu heki dhinumakee bodu faafa eh.
"ehen meehegge dhuniyeah takai, thibaage aakhiraiy gelluvaa nulaashe've ."— Aneel 🇲🇻 (@aneelmv) September 27, 2018
"އިންތިޚާބުން ވަކި މީހަކު ބަލިވުމުން، މަސްލަހަތު ނަގާލުމަށް، އިންތިޚާބު ތެރޭ ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ޝަކުވާ ހުށަހެޅުމަކީ ދޮގުހެކި ދިނުމެވެ. ދޮގުހެކި ދިނުމަކީ ބޮޑު ފާފައެއް. އެހެން މީހެއްގެ ދުނިޔެއަށްޓަކާ، ތިމާގެ އާޚިރަތް ގެއްލުވާނުލާށެވެ.". ޝެއިޚް އަނީލް ވިދާޅުވިއެވެ.
ޝެއިޚް އަނީލް ވަނީ އެހެން މީހެއްގެ ދުނިޔެއަށްޓަކާ، ތިމާގެ އާޚިރަތް ގެއްލުވާނުލުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.