ނުހަލާލު ކޮންގްރެސް އަކުން ނިކުންނަ ނަތީޖާ ހަލާލު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށް މައުމޫން ރީޕޯމް މޫވްމަންޓް(އެމްއާރްއެމް) ގެ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާ އިރު ޕީޕީއެމް އިން މިއަދު އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން ނިންމެވި ނިންމެވުން ހުއްޓުވުމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަން ޖެހޭ އެއްވެސް ހުއްޖަތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
#NUHALAALU #CONGRESS akun nikunna natheeja Halaalu kureveyne hama ehgothehves neiy. 😎
— Nadira #FreePalestine🔴⚫️⚪️🟢 (@a_nadraa) September 28, 2018
ނާދިރާ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި އެ ކަމަނާ ވަނީ ޕާޓީގެ ރައީސް އާއި މުއައްސިސް އޮންނެވީ ޖަލުގައި ކަމަށް ވިދާޅުވެފައެވެ. އެ ބޭފުޅުން ޕީޕީއެމްގެ ހައްގުވެރިންނަށް އަނބުރާ ޕީޕީއެމް ދެއްވާނެ ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.
މިއަދު ޕީޕީއެމް ފޭރެން އިސް ސަފުގަ ތިބެގެން މަގާމްތަކަށް ކުރިމަތިލާ އެންމެން ވިސްނެވުމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ. އެ ފަރާތްތަކުން އެ ގެއްލުވާލަނީ މުޅި ސިޔާސީ ހަޔާތްްކަމަށް ވިދާޅުވެ ނާދިރާ އިންޒާރު ކުރައްވާފައިވެއެވެ.
Partyge Raees Jaluga. Partyge muahsis jaluga. Athun hovaigen noon congress ah meehun gennanee.Alhugandumen PPM ge haqquverinnah amburaa PPM dheynan. Miadhu #PPM #Feyren is safuga thibegen maqaam thakah kurimathi laa emmen visnaalathi. Thiya gelluvaalanee mulhi siyasee hayaai.
— Nadira #FreePalestine🔴⚫️⚪️🟢 (@a_nadraa) September 28, 2018