ޕީޕީއެމުން ބާއްވާ ކޮންގްރެސް ރަނގަޅު ނުވާ ކަމަށާއި ރައީސް ޔާމީން ޕީޕީއެމް ގޮވައިގެން އެ ކުޅުއްވަނީ ބަތްކައްކާ ކުޅި ކަމަށް މިސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރ މުހައްމަދު މަލީހް ޖަމީލް ވިދާޅުވެއްޖެއެވެ.
މަލީހު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ 12 ފޫޓު 12 ފޫޓުގެ ކޮޓަރިއެއްގަ އާންމު މެމްބަރުންނަށް ނާންގާ ޕާޓީ ރަހީނުކޮށްގެން ތިބި ބަޔަކު ބާއްވާ ކޮންގްރެސް އެއް ސައްހަނުވާނެ ކަމަށެވެ.
12 foot 12 foot ge kuda kotari egga aanmu memberunnah naangaa party raheenu koggen thibi bayaku baavvaa congress eh sahkha eh nuvaane. Ekan egothah ninmaa Raees Maumoon aai party adhi havaalu kuraane. Raees Yameen ekodhin govaigen ekulhuvvanee baiykakkaa kulhi. Saharoa.
— Mohamed Maleeh Jamal (@maleehjamal) September 28, 2018
"12 ފޫޓު 12 ފޫޓުގެ ކޮޓަރިއެއްގަ އާންމު މެމްބަރުންނަށް ނާންގާ ޕާޓީ ރަހީނުކޮށްގެން ތިބި ބަޔަކު ބާއްވާ ކޮންގްރެސް އެއް ސައްޚައެއް ނުވާނެ. އެކަން އެގޮތަށް ނިންމާ ރައީސް މައުމޫން އާއި ޕާޓީ ހަވާލު ކުރާނެ. ރައީސް ޔާމީން އެ ކުދިން ގޮވައިގެން އެ ކުޅުއްވަނީ ބަތްކައްކާ ކުޅި. ސަހަރޯ." މަލީހް ވިދާޅުވިއެވެ.
އެކަން އޮންނަންޖެހޭ ގޮތަށް ނިންމާ ރައީސް މައުމޫން އާއި ޕާޓީ ހަވާލު ކުރެވޭނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.