Last Updated: April 29, 17:48
Tuesday, April 29, 2025
ޚަބަރު

އިންޑޮނީޝިޔާ ސުނާމީ: މިހާތަނަށް 408 މީހުން ވަނީ މަރުވެފައި

BBC

އިންޑޮނީޝިޔާއަށް ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެރި ސުނާމީގައި މިހާތަނަށް 408 މީހުން މަރުވެ އެތައް ހާސް ބަޔަކު ގެއްލިއްޖެއެވެ.

ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ސަލާމަތީ ބާރުތަކާއި ވޮލަންޓިއަރުން ވަނީ ވެއްޓިފައިވާ އިމާރާތްތައް ނަގައި މީހުން ތާށިވެފައި ތިބިތޯ ބަލަމުންނެވެ. އަދި އަތުން ކޮނެ އެމީހުން ވަނީ ތާށިވެފައިވާ 24 މީހުން މިހާތަނަށް ސަލާމަތްކޮށްފައެވެ.

ނަމަވެސް ބްރިޖުތަކާއި މަގުތައް ހަލާކުވެ ބޮޑެތި ގަސްތައް ވެއްޓި، މީހުން ސަލާމަތް ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރެޑް ކްރޮސްއިން މައުލޫމާތު ދީފައިވެއެވެ.

ރެޑް ކްރޮސްއިން އަންދާޒާ ކުރާގޮތުގައި މި ސުނާމީގެ އަސަރު 1.7 މިލިއަން މީހުންނަށް ކޮށްފައިވެއެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުން ގާތްކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންދާޒާ ކުރެއެވެ.