Last Updated: November 28, 21:08
Friday, November 29, 2024
ޚަބަރު

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުބޮޑު ކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ޕެޓްރޯލާއި ޑީސަލް ލިޓަރަކުން މިހާރު 20 ލާރި އަގު ބޮޑުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންވެ، މިއަދުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.97ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 11.43ރ. ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނިގޮތުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންނެވެ.

ދޭތެރެ ދޭތެރެއިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖޭގައި ޕެޓްރޯލް އަދި ޑީސަލްގެ އަގު މައްޗަށް ދެއެވެ. އަދި ހަމަ އެހެންމެ އަގު ދަށް ވެގެންދާތަން ވެސް އާދެއެވެ.