ރުޅި އަޔަސް، ޒާތީ ވިޔަސް އެކަންކަން ފިލުވާލަންޖެހޭ ކަމަށާއި މީސްމީހުންނާއި ދިމާލަށް ހަޑިހުތުރު ބަސްތަކުން މުޚާތަބް ކުރުން ދޫކޮށްލަން ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އެ ބޭފުޅާ މިހެން ވިދާޅުވެފައިވަނި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Rulhi ayas, Zaathy viyas ekan kan filuvaalan jehe eve. Mees meehunnaai dhimaalah hadihuthuru basthakun mukhaathabu kurun dhoo kohlan jehe eve.
— Dr.Mohamed Iyaz (@dr_iyaz) October 4, 2018
ޑރ. އިޔާޒަކީ ރާއްޖޭގެ މަސްރަހުގައި ހިނގަމުންދާ އެކިއެކި އިޖްތިމާއީ އަދި ސިޔާސީ ކަންތަކަށް އަލިއަޅުއްވާ ނަސޭހަތުގެ ޓްވީޓްތައް ވަރަށް ގިނައިން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އިތުރު ޓްވީޓެއްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ އުފާ ފާޅުކުރުމުގައި އިސްލާމްދީނުގެ ގިއުގަނޑުން ބޭރުވާފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. މި އުފާވެރިކަން މިންވަރު ކޮށްދެއްވި ﷲއަށް ހަމްދުކޮށް އެންމެހާ މުންކަރާތްތަކުން ދުރުހެލިވެ ރައްކާތެރިވާންޖެހޭ ކަމަށާއި، ނޫންނަމަ އުފާވެރިކަން ދެމިނޯންނާނެ ކަމަށް ވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.
Ufaa faalhu kurumugai islam dheenuge giugandun beyruvaa fadha kameh kohgen nuvaane eve. Mi ufaaverikan minvaru kohdhevvi Allah ah hamdhukoh, enmehai munkaraaiy thakun dhuruhelive rakkaatheri vaan jeheyne eve. Noon nama ufaaverikan dhemi noannaane eve.
— Dr.Mohamed Iyaz (@dr_iyaz) October 4, 2018
ރިޔާސީ އިންތިޚާބުގައި ވާދަކޮށް އިބްރާހީމް މުހައްމަދު ސޯލިހް ރައީސް ކަމަށް ހޮވިވަޑައިގަތުމުގެ އުފަލުގައި މިދުވަސްކޮޅު ދަނީ ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ.