އަމާން ދިނުން ނޫން އެހެން އެއްވެސް ގޮތެއް ޔާމީނަކަށް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ދިވެހި އޮންލައިން ނޫހެއްގައި ރައީސް ޔާމީން ހުންނެވީ އަމާން ދޭ ގޮތަކަށް ނޫންކަމަށް ލިޔެފައިވާ ޚަބަރަކަށް އިޝާރާތް ކުރައްވާ ޢަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ރައީސް ޔާމީން އަރިހުގައި ތިއްބެވި މަދު ބަޔަކު ޣާފިލްކަންމަތީ ތިބެ ދައްކާ ވާހަކައެއް ކަމަށެވެ.
Amaan dhinun noon ehen ehves gotheh RY akah noannaane! RY arihugaithihbevi madhubayaku gaafilkanmathee dhahkaavahakaeh thiee! Allahge iraadhafulhun 17 Nov gai huvaakurahvaanee Hon @ibusolih aai @FaisalNasym ! https://t.co/LizxvH2pmG
— Abdulla Riyaz MP (@riyazabdulla) October 4, 2018
"އަމާން ދިނުން ނޫން އެހެން އެއްވެސް ގޮތެއް ޔާމީނަކަށް ނޯންނާނެ. އެއީ. ރައީސް ޔާމީން އަރިހުގައި ތިއްބެވި މަދު ބަޔަކު ޣާފިލްކަންމަތީ ތިބެ ދައްކާ ވާހަކައެއް" އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ﷲގެ އިރާދަފުޅުން 17 ނޮވެމްބަރުގައި ހުވާ ކުރައްވާނީ އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އާއި ފައިސަލް ނަސީމް ކަމަށެވެ.