ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މާދަމާ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ކީރިތި ޤުރުއާނުގެ އާޔަތަކާއި އޭގެ މާނައާއި އެކު ޑރ. ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މާދަމާ 6 އޮކްޓޯބަރުވާ ހޮނިހިރު ދުވަހު މެންދުރު 2:30 ގައި ލޮބުވެތި ވަތަނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.
﴿5﴾ فَإِنَّ مَعَ الْعُسْرِ يُسْرًا
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.Alhugandu maadhamaa 6 October vaa Honihiru dhuvahu 2:30 gai InshaAllah lobuvethi wathanah anburaa dhaanan
— Mohamed Jameel Ahmed (@MJameelAhmed) October 5, 2018
މެއި ޑޭގެ ބޮޑު މުޒާހަރާއަށްފަހު ޑރ.ޖަމީލް ވެސް އިނގިރޭސިވިލާތަށް ވަޑައިގަތީ އެމަނިކުފާނު ވެސް ހައްޔަރުކޮށްފާނެ ކަމުގެ ބިރުވެރިކަން އޮތުމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެެވެ.
ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމުން ބޭރުގައި ތިއްބެވި ގިނަ ސިޔާސީ ބޭފުޅުން ގެންދަވަނީ އެނބުރި ގައުމަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮޮނަރަބަލް ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު މާލެ ވަޑައިގަތުމަށް ނިންމަވާފައިއެވެ.