ރައްޔިތުން ވަނީ ވަރަށް ސާފުކޮށް ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި ކަމަށާއި މި ނިންމުން އިންޝާﷲ ބަދަލެއް ނުވާނެ ކަމަށް އަދި މިހާރު މިފެންނަނީ އަމިއްލައަށް ފަޟީހަތްވާތަން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާނުގެ އާޔަތެއް މާނައާއެކު ހިމަނުއްވާފައި ޝެއިޚް އިލްޔާސް ކުރައްވާފައިވާ ޓްވީޓް އަމާޒު ކުރައްވާފައިވަނީ ވޯޓު އޮޅުވާލައިފި ކަމަށް ބުނެ ޕީޕީއެމުން ކޮންމެ ރެއަކު މަގުމައްޗަށް ނިކުމެ 10 ވަރަކަށް މީހުންނާއެކު ކުރަމުންގެންދާ މުޒާހަރާއަށް ކަމަށް ބެލެވެއެވެ.
Rayyithun thahammulu kuramun dhiya aniyaverikan nimmumah libunu furusathu v furihamayah beynunkoh mi vanee v saafukoh RY ah Noone key bunefa eve. Minimmun badhaleh nuvaane
in Sha Allah
dhen miharu mifennanee amilla yah fadeehah vaathanev
سبحان الله pic.twitter.com/w1gSpJ8D01— Ilyas Hussain (@shkilyas) October 7, 2018
"ރައްޔިތުން ތަހައްމަލް ކުރަމުންދިޔަ އަނިޔާވެރިކަން ނިންމުމަށް ލިބުނު ފުރުސަތު ވަރަށް ފުރިހަމަޔަށް ބޭނުންކޮށް މިވަނީ ވަރަށް ސާފުކޮށް ރައީސް ޔާމީނަށް ނޫނެކޭ ބުނެފައެވެ. މި ނިންމުން ބަދަލެއް ނުވާނެ އިންޝާﷲ. ދެން މިހާރު މިފެންނަނީ އަމިއްލައަށް ފަޟީހަތްވާ ތަނެވެ. ސުބުޙާނަﷲ" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށްފަހު އެއް ހަފްތާ ފަހުން ރައީސް ޔާމީން އަދި އެ މަނިކުފާނަށް ސަޕޯޓްކުރައްވާ ހައެއްކަ މީހުން ދަނީ ވޯޓު އޮޅުވާލިކަމަށް ބުނެ ކޮންމެ ރެއަކުހެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުން ގެންދާއިރު ދެކެވެނީ ކޮން ވާހަކަތަކެއް ކަމެއްވެސް ބައެއް ފަހަރު ބައެއް މީހުންނަށް އެނގޭ ކަމަކަށް ނުވެއެވެ. ޑިމޮކްރަސީގެ މާނަވެސް ދުވަހަކުވެސް ބަޔަކު އަޑުނާހާ ބީދައަކުން މީހުންނަށް ބުނެދެމުންދެއެވެ.