ރާއްޖޭގެ މިހާތަނަށް ހިންގި އެންމެ ބޮޑު ކްރޮޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގެ ފައިސާއާއިބެހޭ މުއާމަލާތް ތަކުގައި ސަރުކާރުން އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް އެއްބާރުލުން ނުދޭކަމަށް މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ވިދާޅުވެއްޖެއެވެ.
ސިނާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ތަހުގީގް ނިމިފައިވަނީ ރިސޯޓް ހަދަން ރަށްތައް ދޫކުރިގޮތް އެކަނި ކަމަށެވެ. އެ މައްސަލައިގެ ފައިސާއާއިބެހޭ މުއާމަލާތް ތަކުގައި ސަރުކާރުން އޭސީސީއަށް އެއްބާރުލުން ނުދޭކަމަށް ސިނާން ވަނީ ވިދާޅުވެފައެވެ.
MMPRC ge mahsalai gai thahgeeg nimifai vani resort hadan rahthah dookuri goi. Faisaa ge muaamalai thakaa behey mahsala thah thahgeeg kuran ACC ah eh baarulumeh sarukaarun nudey. Islamic Bank ga hulhuvaafa oi AC ge statement ves ACC akah nulibunu. @MariyaDidi @anedhivehirajje
— Abdulla Sinan (@ablosinan) October 8, 2018
އޭސީސީން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހްގީގު ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ތަހްގީގުގެ ރިޕޯޓް ނެރޭނެ ކަމަށެވެ.
އެމްއެމްޕީއާރުސީން ގިނަ ރަށްތަކެއް ދޫކޮށްް އޭގެން ލިބުނު ފައިސާ ސަރުކާރުގެ އިސްވެރިން ބޭނުން ކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އޭސީސީގެ ބައެއް މެމްބަރުންވެސް އެފައިސާގައި ޖެހިފައިވާ ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވަނީ ތުހުމަތު ކުރައްވާފައެވެ.