12 ބޮކިން އެއް ބޮކި ދިއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.
ވަހީދު މިހެން ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމަށްފަހު އޭނާގެ ގޮނޑި ނުގެެއްލޭ ކަމަށް ހުކުމް ކުރުމުން އެކަމުގެ އުފަލުގައި ކުރެއްވި ޓްވީޓެއްގައެވެ.
Al hamdhu lillaahi!
12 bokin 1 boki dhillijje— Mohamed Waheed Ibrahim (@Lawyer_Waddey) October 8, 2018
ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްތަކެއް ވުމަށްފަހު އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑިއާ މެދު މިއަދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި މައްސަލަ ތާވަލް ކުރެވި އޭގެ ތެރެއިން ވަހީދު(ވައްޑެ) ގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
މިއަދު ދެން ތާވަލް ކުރެވިފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ ގޮޮނޑީގެ މައްސަލައެވެ.