ނިމުނު ރިޔާސީ އިންތިހާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވަކި ވަކި ނަތީޖާތައް އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓިތަކާ ހިއްސާކޮށްފި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން(އީޔޫ) އިން ވަނީ ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާފައެވެ. އެ ކޮމިޝަންގެ ރަސްމީ ޓްވިޓާގައި ވަނީ އެ ފޮށިތަކުގެ ވަކި ވަކި ނަތީޖާ ސިޔާސީ ޕާޓީތަކާ ހިއްސާ ކޮށްފައިވާކަން ހާމަކުރައްވާފައެވެ.
Riyaasee inthikaabu 2018 ge vaki foshithakuge thafseelee natheejaa Siyaasee party thakaa hissaa koffi
— Elections Commission (@ElectionsMv) October 8, 2018
ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށްފަހު އީސީއިން މި ވަނީ ވޯޓު ފޮށިތަކާބެހޭ ތަފްސީލީ ނަތީޖާތައް ވެސް ޕާޓީތަކާ ހިއްސާ ކުރައްވާފައެވެ.
ނަމަވެސް ވެރިކަންކުރާ ޕީޕީއެމުން ދަނީ އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލިކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިހާބު ބާތިލްކުރުމަށް ގޮވާލާ އެޕާޓީއިން އަންނަނީ ކޮންމެ ރެއަކު މުޒާހަރާވެސް ކުރަމުންނެވެ. މި މުޒާހަރާތައް ކުރިޔަށް ގެންދަވަނީ ބައެއް ރޭތަކުގައި ރައީސް ޔާމީން ވެސް ހިމެނިވަޑައިގަންނަވައިގެންކަން ފާހަގަ ކުރެވެއެވެ.
ރިޔާސީ އިންތިހާބުގައި 472 ފޮށި ބެހެއްޓި އިރު އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށިތައް ކާމިޔާބު ކޮށް 134،705 ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.