ރައީސް ޔާމީންގެ ސަރުކާރުން އެ ބޭފުޅުން ޖަލަށްލާ އެތައް ދައުވާއެއްކޮށް ބިރުދެއްކި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 4 މެމްބަރެއްގެ އިއްޔެ ސުޕްރީމް ކޯޓުގައި ތާވަލް ކުރެވި ކޯޓުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައެވެ. އެ ހަތަރު މެމްބަރުންނާއެކު ނަގާފައިވާ ފޮޓޯއެއް ޝެއަރ ކުރައްވާ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހަތަށް ނުޖެހި ސާބިތުކަންމަތީ އެންމެން ގުޅިގެން ކުރި މަސައްކަތުން ﷲގެ ރަޙުމަތާއެކު ކާމިޔާބުވެއްޖެ ކަމަށެވެ.
RY ge sarukaarun alhugandumen jalahlaa ethah dhauvaaeh ufulaa birudhehki! Fahathah nujehi saabithukanmathee emmen gulhigen kuri masahkathun Allahge rahumathaaieku kaamiyaabu vejje! @SaudVillingili @MohamedAmeeth @Lawyer_Waddey @funamalatheef pic.twitter.com/Pqfpoizq78
— Abdulla Riyaz MP (@riyazabdulla) October 9, 2018
ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުއެވެ.